ރައީސް ސޯލިހު މިއަދު ތ. އަތޮޅަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންނަވާނެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ތ. އަތޮޅަށް...

17 Aug 2021 | 06:55

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންނަވާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ތ. އަތޮޅަށް ރައީސް ސޯލިހު ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެއީ ތ. ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށްޓެވެ.

މިދިޔަ މަހު ރައީސް ވަނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ވަޑައިގެންނެވީ ކުޅުދުއްފުށީ ސިޓީ، ހަނިމާދޫ އަދި ނޮޅިވަރަންފަރަށެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ އެ ރަށްރަށުގައި ސަރުކާޜުން ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހޯއްދަވާފަ އެވެ. އަދި މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާ ދިމާވެފައިވާ މައްސަލަތަކާއި ގުޅޭ މައުލޫމާތު ހޯއްދެވި އެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ދަތުރު ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ރާއްޖެ ހުޅުވާލުމުން އަތޮޅުތެރެއަށް ޒިޔާރަތް ކުރެއްވުމަށް ރައީސް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް