މޯނީވެސް މިދިޔަ ހަފްތާގައި އުޅުނީ ރާއްޖޭގައި، ބުނީ މިއީ އެންމެ ގަޔާވާ މަންޒިލް ކަމަށް!

ބޮލީވުޑްގެ ބަތަލާ މޯނީ ރޯއީވެސް މިދިޔަ ހަފްތާގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފި އެވެ. އިންޑިއާ ޓޫރިސްޓުންނަށް ރާއްޖެ އައުމުގެ ފުރުސަތު ހުޅުވާލުމާއި އެކު ބޮލީވުޑް ތަރިން ޗުއްޓީއަށް ރާއްޖެ އައުން ވަނީ އ...

17 Aug 2021 | 05:42

ބޮލީވުޑްގެ ބަތަލާ މޯނީ ރޯއީވެސް މިދިޔަ ހަފްތާގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފި އެވެ.

އިންޑިއާ ޓޫރިސްޓުންނަށް ރާއްޖެ އައުމުގެ ފުރުސަތު ހުޅުވާލުމާއި އެކު ބޮލީވުޑް ތަރިން ޗުއްޓީއަށް ރާއްޖެ އައުން ވަނީ އިތުރުވާން ފަށާފައި އެވެ. އެގޮތުން މިހާރުވެސް ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީހާން ކަރީނާ ކަޕޫރު އާއިލާ އާއި އެކު ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ.

މޯނީ ރާއްޖެ އައިސް ފުރަތަމަ އިންސްޓަގްރާމްގައި އެ ކަން ހިއްސާ ކޮށްފައިވަނީ މީގެ ފަސް ދުވަސް ކުރިންނެވެ. އެކަމަކު އޭނާ ޗުއްޓީ ހޭދަ ކުރި ރިސޯޓެއް އަދި އައި ދުވަހާއި ޗުއްޓީ ނިންމުމަށް ފަހު ފުރި ދުވަހެއް ހާމައެއް ނުކުރެ އެވެ.

އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ އިތުރު ބަޔަކާއި އެކު އެވެ. މޯނީ އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުގައި އެކުގައި ތިބި މީހުންނަކީ ވަރަށް ގާތް އަދި ދިރިއުޅުމުގައި މުހިންމު ބައެއްކަމަށް ކެޕްޝަންގައި ބުނެފައިވެ އެވެ.

https://www.instagram.com/p/CSi2u_HJNR6/

މޯނީގެ ބައެއް ފޮޓޯތަކަށް ބަލާއިރު އޭނާ ރާއްޖެ އައިސްފައިވަނީ އިޝްތިހާރެއްގެ ޝޫޓިންއަށް ކަމަށްވެސް ބެލެވެ އެވެ. އެއީ އޭނާ އެކަނި ނަގާފައިވާ ފޮޓޯތަކުގައި ބޭނުންކޮށްފައިވާ ހެދުމާއި، ބިކިނީ އަދި ގަހަނާ އުފައްދާފައިވާ ކުންފުނިތަކާއި ބްރޭންޑުތައް ޓެގުކޮށްފައިވާތީ އެވެ.

މޯނީ އާންމުކޮށްފައިވާ ފޮޓޯއެއްގައި ބުނެފައިވަނީ ރާއްޖެއަކީ އޭނާ އެންމެ ގަޔާވާ އެއް މަންޒިލް ކަމަށެވެ. އަދި ހެނދުނު ހޭލާއިރު މޫދު ފެންނަ ހިތްގައިމު މަންޒަރު ބަލާލަން ކޮންމެ ދުވަހު ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CShUzQXJIU-/

މޯނީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބްރަމާސްޓްރާ" އިންނެވެ.

މިފަހަކަށް އައިސް ފިލްލީ މަސައްކަތެއް ނެތް ނަމަ މޯނީ އިންޑިއާގައި ނޫޅޭ ކަމަށްބުނެ އޭނާއަށް މީޑިއޯގައި ޖޯކު ޖަހާފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝޫޓިންއެއް ނެތް ކަމަށް މިހާރު މޯނީ ދިރިއުޅޭނީ ލޯބިވެރިޔާ އާއި އެކު ދުބާއީގައި އެވެ. އޭނާގެ ލޯބިވެރިޔާއަކީ ދުބާއީގައި ދިރިއުޅޭ އިންޑިއާ ވިޔަފާރިވެ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް