ދަރަވަންދޫ ފުޓްސަލް ފިއެސްޓާ: އަންހެން ބައިގެ ފުރަތަމަ 2 މެޗު ޑޮޔެންސް އަދި ބްލޫ ފްލޭމްސްއަށް

ދަރަވަންދޫ ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން މިހާރުކުރިއަށް ގެންދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގައި ރޭ ކުޅުނީ އަންހެން ބައިގެ 2 މެޗެވެ. ފުރަތަމަ މެޗު ޑޮޔެންސް އާއި އައްތަ ބައްދަލުކޮށް ...

17 Aug 2021 | 05:14

ދަރަވަންދޫ ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން މިހާރުކުރިއަށް ގެންދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގައި ރޭ ކުޅުނީ އަންހެން ބައިގެ 2 މެޗެވެ.

ފުރަތަމަ މެޗު ޑޮޔެންސް އާއި އައްތަ ބައްދަލުކޮށް 5 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ޑޮޔެންސް އެެވެ.

މި މެޗުގައި ޑޮޔެންސްގެ ލަނޑުތައް ޖެހީ ޒީނާ ޢަބްދުއްރަޝީދު 3 ގޯލު، މަރިޔަމް ދިމްނާ އަދި އާމިނަތު އަޒުލިފާ ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

އައްތަ ޓީމުން ޖެހި 2 ލަނޑުގެ ތެރެއިން އެއްގޯލަކީ ޑޮޔެންސް ޓީމުގެ އިނާޝާ އަބްސުއްސަމަދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަނެއް ގޯލު ޖަހައިދިނީ ފާތުމަތު ޒީނާ އެެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޑޮޔެންސް ޒީނާ އަބްދުއްރަޝީދު އެވެ.

ރޭ ކުޅުނު 2 ވަނަ މެޗުގައި ބައްދަލުކުރީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އާއި ޗަނބޭލީ އެެވެ. މި މެޗު 0-2 ލަނޑުން ކާމިޔާބުކުރީ ބްލޫ ފްލޭމްސް އެވެ.

މި މެޗުގައި ބްލޫ ފްލޭމްސް ގެ ލަނޑުތައް ޖަހައިދިނީ ފާތިމަތު މާޒިނާ އާއި އާމިނަތު މަޢުރޫޝާ އެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗް ލިބުނީ އެޗް އެސް އާރުސީ ބްލޫ ފްލޭމްސް ގެ ފީތިމަތު މާޒިނާ އަށެވެ.

މި ފިއެސްޓާގައި މިރޭ ކުޅޭނީ ފިރިހެން ބައިގެ 2 މެޗެވެ. އެގޮތުން 20:30 ގައި ކިންގްސް ޔުނައިޓެޑް އާއި ގާގަނޑު އެފްސީ ބައްދަލުކުރާ އިރު، 21:30 ގައި އެފްސީ ފެލްކަން ނުކުންނާނީ ފެލްކަން ޔުނައިޓެޑާ ދެކޮޅަށެވެ.

މި ފިއެސްޓާގެ މެޗުތައް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް