މޯބައިލް ފޯނެއް ފޭރުނު ދެމީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޚަބަރުތައް ގެނެސްދޭ ޕޮލިސް ލައިފްގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ދެމީހުންނަކީ 2021 ޖޫން 29 ވަނަ ދުވަހުގެ ވަގުތެއްގައި މަގުމަތިން ހިނގާފައިދިޔަ މީހެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ މައްސަލައާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށް ބުނެފައި ވެއެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 490737 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ވީޑިއޯ އިން ފެންނަނީ ދެމީހުން މާލޭގެ ގޯޅިއެއްގައި ހިނގާފައިދާ މަންޒަރެވެ. ދެމީހުންގެ ވެސް ތިބީ މާސްކް އަޅައިގެން ކަމުން ވީޑިއޯ އިން އެމީހުންގެ މޫނު ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް