އޮޅުވާލައިގެން ފޭކު ބުކިން ތަކެއް ހައްދައިދީގެން އިންޑިއާ ޓޫރިސްޓުންތަކެއް ރާއްޖެ ގެނައި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ އެވެ. ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ރާއްޖެ އައި27 މީހުންގެ އެ ގްރޫޕު ވަނީ ވަންނާނެ ތަނެއް ނެތި މަގުމަތިވެފަ އެވެ.
މި މައްސަލައިގަ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގަ ބިދޭސީ އަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ހަމަ އެރޭ 2:00 ހާއިރު ކަމަށް ވިދާޅުވި އެވެ.
ހަނަފީ ވިދާޅުވީ އެމީހާ އަކީ އެ ގްރޫޕަށް ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގައި ޝާމިލްވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
https://twitter.com/hanafymv/status/1427281052444229641
އިމިގްރޭޝަނުން ވަނީ ރެޑްކްރެސެންޓާއި ފުލުހާއި ގުޅިގެން އެމީހުންގެ ނިދުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ. މިކަންކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް ކަމަށް ހަނަފީ ވިދާޅުވި އެވެ.
އެ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ އެހެން ގައުމަށް ދިއުމަށް ޓްރާންސިޓް ވުމަށް ކަމަށްވެ އެވެ. އެމީހުންގެ ތިބުން ހަމަޖައްސައިދިނީ ގަލޮޅު ބޯޅަދަނޑުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް