ފުވައްމުލަކުގައި ބިދޭސީ އަންހެނަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކުގައި ބިދޭސީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ފުވައްމުލަކު މާދަޑު އަވަށު ގެއެއްގައި މަސައްކަތް ކުރަމުދިޔަ ބަންގްލަދޭޝް ...

17 Aug 2015 | 14:22

ފުވައްމުލަކުގައި ބިދޭސީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ފުވައްމުލަކު މާދަޑު އަވަށު ގެއެއްގައި މަސައްކަތް ކުރަމުދިޔަ ބަންގްލަދޭޝް އަންހެނެކެވެ.

ފުވައްމުލަކު ކައުންސިލާ ހަވާލާދީ ފުވައްމުލަކު ނޫހެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ ޖަމީލާ ބޭގަމް ކިޔާ އަންހެނެއް ކަމަށެވެ. އޭނާ ގެއްލިގެން އެކަން އެރަށު ކައުންސިލަށް ހުށަހަޅާފައިވަނީ މިއަދު ކަމަށާއި ޖަމީލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭ ފަރާތަކުން 6865013 ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަން ނަމްބަރު 7930041 ގުޅުމަށް އެ ކައުންސިލުން އެދިފައި ވެ އެވެ.

މާދަޑު ކައުންސިލުން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ގެއްލިގެން އުޅޭ މީހާއި ގުޅުނު ކަމަށް އެގޭގެ މީހުން މައުލޫމާތު ދިންކަމަށާއި އަދި އޭނާ ފިލާފައިވަނީ މުސާރަ ކުޑަކަމުން ކަމަށް ބުނެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް