އިބްތިހާލް މަރާލި ކަމަށް އާފިޔާ އެއްބަސްވެއްޖެ

މި އަހަރު ޖެނުއަރީ 28ގައި މަރުވި އުމުރުން ތިން އަހަރުގެ އިބްތިހާލްގެ ކަރުގައި ހިފިކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މިއަދު ކޯޓުގައި އެއްބަސްވެއްޖެ އެވެ. ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނ...

17 Aug 2015 | 07:41

މި އަހަރު ޖެނުއަރީ 28ގައި މަރުވި އުމުރުން ތިން އަހަރުގެ އިބްތިހާލްގެ ކަރުގައި ހިފިކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މިއަދު ކޯޓުގައި އެއްބަސްވެއްޖެ އެވެ.

ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާއެވެ. އެ ދައުވާގައި އިބްތިހާލް ނޭވާ ހާސް ކުރުމުގެ ގޮތުން އޭނާގެ ކަރަށް ފިތާ، ފައިންޖަހާ އަނިޔާކުރި ކުރުމުގެ ސަބަބުން މަރުވީ ކަމަށް ބުނެފައި ވެ އެވެ.

އެ ދައުވާއަށް ޖަވާބުދާރީވަމުން އާފިޔާ ބުނެފައިވަނީ އެކަމަށް "އެއްބަސް" ވާ ކަމަށެވެ. އެއްބަސްވަނީ ކޮންކަމަކަށްތޯ ސުވާލުކުރުމުން ބުނެފައިވަނީ ދައުވާގައި ބުނި ހުރިހާ ކަމަކަށް އެއްބަސް ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް