ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން އެ ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ހ، ހަބަރުގޭ އައިމިނަތު އީނާސް އާއި މ. ކޮރަލް ގާޑްންސް އާއިޝަތު އަފްރީން މުހައްމަދާއި ޏ. ފުވައްމުލަކު ފާތު، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޝިފާގު މުފީދު އެވެ.
ފަސް މެމްބަރުން ތިއްބަވާ އެޗްއާރްސީއެމަށް ތިން މެމްބަރަކު އައްޔަން ކުރެއްވީ، މިހާތަނަށް އެ ކޮމިޝަންގައި ތިއްބެވި، ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ އާއި ނައިބު ރައީސް އަހުމަދު ތޮލާލް އަދި މެމްބަރު ޖީހާން މަހުމޫދުގެ ދައުރު ހަމަވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް