ވިނަރެސް ފްލެޓުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ. މީޑިއާއަށް ފުލުހުން މިކަން ކަށަވަރުކޮށްދެއެވެ. ފުލުހުން ކުރިން ބުނެފައިވާގޮތުގައި އެ އުމުރުން 18 އަހަރުގ...

17 Jul 2025 | 12:47

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.

މީޑިއާއަށް ފުލުހުން މިކަން ކަށަވަރުކޮށްދެއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި އެ އުމުރުން 18 އަހަރުގެ ދިވެހި އެ ޒުވާނާ ވެއްޓިފައިވަނީ އަށްވަނަ ޓަވަރުންނެވެ. އެއީ ފިރިހެނެކެވެ.

އެ ޒުވާނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އެ ޒުވާނާ ވެއްޓުނީ ކޮން ފަންގިފިލާއަކުން ކަމެއް ވެއްޓެން މެދުވެރިވީ ކީއްވެކަމެއް އަދި ސާފެއް ނޫނެވެ. އެފަދަ މައުލޫމާތެއް ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް