ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ ޓަވަރުގެ އެޕާޓްމަންޓަކުން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ މީހަކު ވެއްޓިފައިވަނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށެވެ.
އަދި އެއީ 18 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާގައި ވެއްޓުނު މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް