މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމްގެ މަޢުޟޫޢުއަކީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް"

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ 'މަވައްދަތު' ސިލްސިލާގެ ހަތަރު ވަނަ ފޯރަމްގެ މައުލޫއަކީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް" ކަމަށ...

17 Jul 2025 | 08:47

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ 'މަވައްދަތު' ސިލްސިލާގެ ހަތަރު ވަނަ ފޯރަމްގެ މައުލޫއަކީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް" ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ސިލްސިލާގެ ހަތަރު ވަނަ ފޯރަމް އޮންނާނީ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

މި ފޯރަމް ކުރިއަށްދާނީ ރޭގަނޑު 20:00 އިން 22:30 އަށެވެ.

އެ މިނިސްޓްރީން ބުނީ މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ.

މީގެ އިތުރުން މި ސިލްސިލާގެ ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް