އޮޓޮޕްސީ ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

އއ. މާޅޮހުގައި ދަންވަރުގެ ވަގުތެއްގައި ހަަމަލާދީ މަރާލި އެ ރަށު އޯކިޑްމާގެ އަބްދުއް ރަހުމާން 65އގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން...

17 Jul 2025 | 05:37

އއ. މާޅޮހުގައި ދަންވަރުގެ ވަގުތެއްގައި ހަަމަލާދީ މަރާލި އެ ރަށު އޯކިޑްމާގެ އަބްދުއް ރަހުމާން 65އގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އޮޓޮޕްސީ ހެދުމަށްޓަކައި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޖުލައި 21 ވަނަ ދުވަހު އިންޑިއާގެ ޓްރިވިންޑްރަމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އަބްދުއްރަހްމާން އޭނާގެ ގޭގެ ނިދާ ކޮޓަރީގައި ނިދާފައި އޮއްވާ ބަޔަކު ވަދެ ބޮޑެތި ހަަމަލާތަކެއްދީފައި ވައިރު އެންމެ ފުރަތަމަ އަބްދުރަހްމާން ޒަހަމްތަކާއެކު އޮއްވާ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ.

އޭގެ ފަހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެ ރަށުގެ ބައެއް މީހުން އެގެއަށް ވަދެފައި ވެއެވެ. އަބްދުރަހްމާން އަށް ލިބިފއިވާ ބޮޑެތި ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް އެރޭ ފަތިހު އޭނާ ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް