އުމްރާ ސްކޭމް: އެތައް ރައްޔިތެއްގެ ފައިސާއާއެކު އަސްކޮއި ގްރޫޕް އަނެއްކާވެސް ފިލައިފި - ވަޒީރު ވިދާޅުވީ ފިޔަވަޅު އަޅުއްވާނެކަމަށް !

އުމްރާއަށް ފައިސާ ދެއްކި ބަޔަކަށް ހަމަ މި އަހަރު ލަނޑުދިން އަސްކޮއި އުމްރާ ގްރޫޕުން އަނެއްކާވެސް އެތައް ބަޔަކަށް ލަނޑުދިނުމަށްފަހު ފިލައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައް...

17 Jul 2025 | 05:03

އުމްރާއަށް ފައިސާ ދެއްކި ބަޔަކަށް ހަމަ މި އަހަރު ލަނޑުދިން އަސްކޮއި އުމްރާ ގްރޫޕުން އަނެއްކާވެސް އެތައް ބަޔަކަށް ލަނޑުދިނުމަށްފަހު ފިލައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‏އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

"މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." ވަޒީރު ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާގައިވާ ޕޯސްޓްތަކަށް ބަލައިލާއިރު އެ ގްރޫޕަށް ފައިސާ ދެއްކި މީހުން ފުރަން އޮތީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ނަމަވެސް މެދުއިރުމަަތީގެ ހާލަތު ރަނގަޅު ނޫންކަމަށްބުނެ އެ ގްރޫޕްގެ ވައިބަރ ގްރޫޕަށް މެސެޖެއް ކޮށްލުމަށްފަހު އެ ގްރޫޕްގެ ވެރިޔާގެ ފޯނަށް މިހާރު ނުގުޅޭ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މި އަހަރުގެ ރޯދަ އުމްރާގައިވެސް އެ ގްރޫޕުން ބަޔަކަށް މިފަދަ ލަނޑެއް ދީފައިވާއިރު އެ ގްރޫޕް ޖޫރިމަނާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް