ކާނާ ވިހަވި ހާދިސާ: ފަސް ދަރިވަރަކު އައިސީޔޫގައި އެކެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް މިރޭ ކާނާ ވިހަވެފައިވާއިރު އެ ހާދިސާގައި ކާނާ ވިހަވި ދަރިވަރުންގެ ހާލަތުގެ އިތުރު އަދާހަމައެއް ފުލުހުން ހިއްސާކޮށްފިއެވެ. އެގޮތުން ފުލ...

17 Jul 2024 | 18:25

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް މިރޭ ކާނާ ވިހަވެފައިވާއިރު އެ ހާދިސާގައި ކާނާ ވިހަވި ދަރިވަރުންގެ ހާލަތުގެ އިތުރު އަދާހަމައެއް ފުލުހުން ހިއްސާކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އެ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކު އެނދުމަތިކުރެވިފައިވާއިރު ފަސް ދަރިވަރަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި އެއް ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކާނާ ވިހަވުމުގެ މި ހާދިސާއާއި ގުޅިގެން އެ ކޮލެޖުގެ 50 އަށްވުރެ ގިނަ ދަރިވަރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދައްކާފައިވެއެވެ. މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް