ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ބޭނުންކުރާ ދެ ޑްރޯން ޔޫއެންޑީސީން ދިވެހި ފުލުހުންނަށްް ހަދިޔާ ކޮށްފިއެވެ.
އެ ޑްރޯންއާއި ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވީ، ޑްރޯންތައް ބޭނުންކުރާނީ ފުލުހުންގެ މެރިން އޮޕަރޭޝްންސް ޑިވިޝަނުން ކަމަށެވެ. އެ ރަސްމިއަޔާތުގައި އެ ޑްރޯން ތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ޑްރޯންތަކުގެ ސަބަބުން އޮޕަރޭޝަންސްތަކުގައި ފުލުހުންގެ ރައެްކާތެރިުކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށެވެ.
ޔޫއެންއޯޑީސީން ހަދިޔާކުރީ ކަނޑާއި ވައިގެ ތެރޭގައު ދުއްވޭ ފަދަ ޑްރޯންތަކެއް ކަަމަށާއި މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހި ސިފައިން މިހާރުވެސް އަސްކަރީ ދެ ޑްރޯން ބޭނުން ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް