ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރެވޭނެ ޕޯޓަލެއް ތައާރަފްކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފިއެވެ. އިމިގްރޭޝަނުން ރާއްޖޭގައި ގަވ...

17 Jul 2024 | 15:03

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފިއެވެ.

އިމިގްރޭޝަނުން ރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށ ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން،ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީނާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ޙާއްސަ ޕްލެޓްފޯމެއް ކަމުގައިވާ "އިމިގްރޭޝަން ވޮޗް" ތަޢާރަފް ކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ނޫސްވެރިންނަށް ބޭއްވި ޙާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވީ، ބިދޭސީން ހިންގާ ވިޔަފާރީ ތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަން ތަކަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި ގިނަ ބިދޭސީންނާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުންދާކަމަށެވެ. އަދި "އިމިގްރޭޝަން ވޮޗް" ތައަރަފްކުރުމުގެ ސަބަބުން އެންމެންނަށް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ސަމްއާން ވަނީ ވިދާޅުވެފައެވެ.

ސަމްއާން ވިދާޅުވީ، މި ޚިދުމަތް ތައާރަފް ކުރުމުގެ މަގްސަދަކީ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ގާނޫނުތައް ދެމެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅޭއްގެ ގޮތުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި، އަދި އިމިގްރޭޝަނާއި ގުޅުން ހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓުކުރުމުގައި މިހާރަށް ވުރެން ލުއިފަސޭހަ ގޮތެއް ހޯދައިދިނުން ކަމުގައެވެ.

"އިމިގްރޭޝަން ވޮޗް"ގެ ޒަރިއްޔާއިން ރިޕޯޓު ކުރާ ފަރާތްތަކާއި ރިޕޯޓުކުރާ މައްސަލއިގެ ސިއްރިއްޔާތު ދެމެހެއްޓޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުންވެސް އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުންނުވާ ހާލަތެއްގައި އެގޮތަށްވެސް ރިޕޯޓުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އާއްމުން އެ ޕްލެތްފޯމް މެދުވެރިކޮށް ހިއްސާކުރަާ މައުލޫމާތުން ބޮޑެތި ކުށްތައް ހުއެްޓުވުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވެސް އިމިގްރޭޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެއިތުރުން އިމިގްރޭޝަނުން ބުނީ، އެގޮތަށް ދެވޭ ޕަފްސީލީ މައުލޫމާތުތަކުގެ ސަބަބުން، ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެ މިފަދަ މައްސަލަތައް އަވަހަށް ބެލުމުގެ އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އިމިގްރޭޝަން ވޮޗްގެ ޚިދުމަތް24 ގަޑިއިރު އޮންނަލައިންކޮށް Imuga.immigration.gov.mv މެދުވެރިކޮށް ލިބޭނެއެވެ.

އެ ވެބަްސައިޓަށް ވަނުމަށް ފަހު "އިމިގްރޭޝަން ވޮޗް" ޚިޔާރުކުރެއްވުމަށްފަހު، މައްސަލައިގެ ތަފްސީލާއި އެކު ފޮޓޯ ވެސް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އިމިގްރޭޝަންގެ މަގްސަދަކީ، ގާނޫނީ އުސޫލުތައް ދެމެހެއްޓުމާއި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުން ކަމުގައި އިމިގްރޭޗަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް