‎އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ހަފީޒް ވެންޓިލޭޓަރުން ނަގައިފި

މިދިޔަ އަޟުހާ އީދު ވިލޭރޭ ހިނގައިދިޔަ އެކްސިޑެންޓުގައި އަނިޔާ ލިބުނު ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ވެންޓިލޭޓަރުގައި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށް ފަހު ވެންޓިލޭޓަރުން ނަގައިފި އެ...

17 Jul 2023 | 17:06

މިދިޔަ އަޟުހާ އީދު ވިލޭރޭ ހިނގައިދިޔަ އެކްސިޑެންޓުގައި އަނިޔާ ލިބުނު ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ވެންޓިލޭޓަރުގައި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށް ފަހު ވެންޓިލޭޓަރުން ނަގައިފި އެވެ.

އެ ހިނގި ހާދިސާއިން ބޮޑެތި އަނިޔާ ލިބުމުގެ ސަބަބުން އަލީ ހަފީޒް އަށް އޭޑީކޭއިން ފަރުވާ ލިބިފައިވެއެވެ. އަދި އެއަށްފަހު އޭނާ އެމްބިއުލެންސްއެއްގައި އިންޑިއާއަށްގެންދިޔައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނެވެ.

ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާއި، އާއްމުންނާއި، ސަރުކާރުން ވެދިން ދީލަތި އެހީއާއެކު ބޭސް ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށް ފަހު، ފަރުވާ ދެމުންގެންދިޔައީ އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގަ އެވެ. އެގޮތުން މިހާރު ހަފީޒް ވަނީ މީގެ ދެތިން ދުވަސް ކުރިން ވެންޓިލޭޓަރުން ނަނގައިމިހާރު ހައި ޑިޕެންޑެންސީ ޔުނިޓްގައި ފަރުވާ ހޯދަމުންކަމަށް މަައުލޫމާތު ލިބިފައިވެއެވެ.

އަދި ސިކުނޑިއާއި ފުއްޕާމޭގެ އެންމެ ކްރިޓިކަލް ހާލަތުން މިހާރު އަރައިގަނެވިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އޭޑީކޭގައި ހަފީޒް އޮތް އިރު އޭނާގެ ފައިގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފަ އެވެ.

އަހަހަފީޒް އެކްސިޑެންޓުވީ ފަތިސް ނަމާދުކޮށް މިސްކިތުން ނިކުމެ މަގުމަތީ ހިނގާފައި އަންނަނިކޮށެވެ. އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވެސްއަނިޔާވިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ފަހުން ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ޒުވާނެއްކަމަށާއި އޭނަގެ އަތުގައި ލައިސަންސްވެސް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް