ހދ. ކުރިނބީ އާ ކައުންސިލް އިދާރާ އެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގެ އެއްބަސްވުމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި ކުރިބީ ކައުންސިލާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އެ އޮތޯރިޓީއާއި ކުރިބީ ކައުންސިލާ ދެމެދު މިއަދު ބޭއްވުނު އޮންލައިން ބައްދަލުވުމެއްގައި ކަމަށް އެ އޮތޯރިޓީ އިން ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެލްޖީއޭގެ އިދާރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޝަމްޢޫން އާދަމްއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ އަސްލަމްއެވެ.
މިހާރު ކުރިނބީ ކައުންސިލް އިދާރާގެ ގޮތުގައި ބޭނުންކުރަމުން ބޭނުންކުރަމުންދާ ޢިމާރާތަކީ 30 އަހަރުވެފައިވާ އިމާރާތެކެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ޢިމާރާތުގައި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ބުނީ މިހާރު އެ އޮތޯރިޓީ ޕީއެސްއައިޕީ ބަޖެޓްގައި ހިމެނިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިއެކު 35 މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް