ކެޔޮދޫއަށް އެހާ ގިނަ ކަންތައްތައް ކޮށްދޭން ޖެހުމީ މީގެ ކުރިން ކަމެއް ކުރެވިފައި ނެތުމުން: ރައީސް

މި ސަރުކާރުން ވ. ކެޔޮދޫއަށް އެހާ ގިނަ ކަންތައްތައް ކޮށްދޭން ޖެހުމީ މީގެ ކުރިން ކަމެއް ކުރެވިފައި ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅ...

17 Jul 2023 | 11:08

މި ސަރުކާރުން ވ. ކެޔޮދޫއަށް އެހާ ގިނަ ކަންތައްތައް ކޮށްދޭން ޖެހުމީ މީގެ ކުރިން ކަމެއް ކުރެވިފައި ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެޔޮދޫގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކެޔޮދޫއަކީ އަބަދުވެސް ފޯރިއާއެކު އެމްޑީޕީގެ އެއްވުމުގައި ބައިވެރިވާ ރަށެއް ކަމަށެވެ.

ދެހާސް އަށާރަަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެޔޮދޫއިން ބޮޑު އަޣްލަބިއްޔަތެއް ލިބުނުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކެޔޮދޫއަށް ހަތް ވައުދެއް ވި ކަމަށެވެ. އަދި އޭރު އެހާގިނަ ކަންތައްތައް ކުރަން ޖެހުނީ މީގެ ކުރީގެ ސަރުކާރުތަކަށް ކަމެއް ކުރެވިފައި ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ފީޯކައިދޫއިން އިތުރަށް ބޭނުންވަނީ އެންމެ ތިން ކަންތައް ކަމަށާއި. ވ. އަތޮޅުގެ އެހެން ރަށްރަށުންވެސް އެދުނީ ދެކަމެއް ކޮށްދިނުމަށް ކަމަށެވެ. އެއާ ޚީލާފަށް 2018 ވަނަ އަހަރު ބޮޑު ލިސްޓެއް ލިބުނު ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކެޔޮދޫ ޒުވާނުން އެދުނު ފަދައިންި ވޮލީ ކޯޓަކާއި ފުޓުބާޅި ދަނޑެއް އަޅައިދެއްވާނެ ކަމަށެވެ. އަދި ކެޔޮދޫގައި ސިއްހީ ހިދުމަތް އެންމެ ރަނގަޅަށް ނެތް ކަމަށް ގަބޫލު ކުރައްވާތީ، ހެލްތް ސެންޓަރުގެ ޕްރޮޖެކްޓް ވީހާވެސް އަވަސްކޮށް، ދެވޭ ހިދުމަތްތައް މިހާރަށްވުރެ އިތުރު ކުރުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށާ އެކަން ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.

ވ. އަތޮޅަކީ ކުޑަ އަތޮޅަކަށް ވެފައި މީހުން މަދު އަތޮޅެއް ނަމަވެސް އިގްތިޞާދީ ހަރަކާތް ހިންގުމަށް ޕްލޭން ކޮށްފައި އެބަ އޮތްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރާއްޖޭގައި ދެން ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު ލަސްތަކެއް ނުވެ ވ. އަތޮޅުގައި ފެށޭނެ ކަމަށާއި އަތޮޅުގެ ރައްޔިތުންނަށް ތަރައްގީ ކޮށްދޭ ޕިކްނިކް އައިލެންޑްގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް