އަރބަންކޯގެ 2023 ވަނަ އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހު ކޮށްފިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓަރ އޮފްޕްރޮގްރާމްސް އަލްފާޟިލް އާދަމް ޙަލީމް، އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އަހްމަދު އާތިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމަކީ އަރބަންކޯއިން މިހާތަނަށް ހިންގާ ހަވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްކަމަށް އަރބަންކޯ އިން ބުނެއެވެ.
މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ފަރާތަކަށް ބައިވެރިވުމަށް ފުރުސަތު ދީފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަރބަންކޯއިން ބުނީ މި ޕްރޮގްރާމްގައި11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވޭނެކަމެވެ.
މީގެ އިތުރަށް އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އަރބަންކޯއިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ އެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ.
3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި ގިނަގުނަ މަސައްކަތްތަކެއް އަރބަންކޯއިން ކުރާނެކަމުގައި އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރއަލްފާޟިލް އަހްމަދު އާތިފް ވިދާޅުވިއެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެކަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް