ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުވައިިފިއެވެ.
ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެމަނިކުފާނު އެ ހޯލު ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އަދި އެ ހޯލު ރައީސް ވަނީ ބައްލަވާލައްވައިފައެވެ.
ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު މިއަދު ހުޅުވިގެން ދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ ޢިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް ޢިމާރާތްކުރުމުގެމަސައްކަތް މިވަގުތު ހިނގަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސްއޮފީހުން ފާހަގަކުރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް