ހުޅުމާލެފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި 356000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ފުލުހުން ހޯދާފިއެވެ.
ފުލުހުން ބުނީ އެ ތަކެތި މިހާރު ވަނީ އެތަކެތީގެ ވެރިފަރާތްތަކާއި ހަވާލުކޮށްފި ކަމެވެ.
ވަގަށް ނަނގާފައިވާ ތަކެތިހޯދާފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތި ހޯދާފައިވަނީ މި އަހަރުގެ މެއި އަދި ޖޫން މަހު ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ތަކެއްތި ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރަށް އެ އޮޕަރޭޝަންތަކުގެ ތެރެއިން ހޯދާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި، އިލެކްޓްރޯނިކްސް ސާމާނާއި ސައިކަލުގެ އިތުރުން ފައިސާއާއި އެހެނިހެންތަކެތި ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ތަކެތީގެ އަގު 356000 ރުފިޔާ އަށްވުރެ ގިނަވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް