ގދ. މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ދަށުން، ހޯޑެއްދޫ އިން ކަންނަގިއްލާއަށް ގުޅާލާ ބްރިޖްގެ ޕައިލިންގް މަސައްކަތްތަކުގެ 95 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ އެ ބްރިޖްގެ ޕައިލް ކެޕް ކޮންކްރީޓް މަސައްކަތްތައް މިއަންނަ ހަފުތާތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި،ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މީގެ އިތުރަށް، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރަށް އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، އަދި ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްތަށްވެސް ކުރުން އެ މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫއަކީ 79.4 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީ އިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް