ރަކީދޫގައި މި ސަރުކާރުން ތަރައްގީ ކޮށްދިން ބަނދަރު ހުޅުވައިފި

ވ. ރަކީދޫގައި މި ސަރުކާރުން ތަރައްގީ ކޮށްދިން ބަނދަރު ހުޅުވައިފިއެވެ. ބަނދަރު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލްޖުމްހޫރިއްޔާ، މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހ...

17 Jul 2023 | 06:02

ވ. ރަކީދޫގައި މި ސަރުކާރުން ތަރައްގީ ކޮށްދިން ބަނދަރު ހުޅުވައިފިއެވެ.

ބަނދަރު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލްޖުމްހޫރިއްޔާ، މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ރަކީދޫއަށް ވަޑައިގެން އެރަށުގެ ބަނދަރުހުޅުއްވައި ދެއްވައި، ރަކީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ޙަވާލުކުރައްވައިގެންނެވެ.

މިގޮތުން، ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 5554 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 164 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށިލައި، 492 އަކަމީޓަރު ސަރަހައްދެގައި ވަނީ ޕޭވްމެންޓް އަޅާފައެވެ. އަދި ނެރުފުންކުރުމާއި ނެރު ބައްތިޖެހުމާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ރަކީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި 200 މީޓަރު ސަރަހައްދެއްގައި ވަނީ ބޭރުތޮށިލާފައެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި، 40 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސަރަހައްދެއް ފުންކޮށްފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް