ޖަޒީރާމެނިފެސްޓޯއެއް އެއް އަމާޒަކީ ދައުލަތަށް ލިބޭ އާމްދަނީ ހަމަހަމަ ގޮތެއްގަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށްމ އަތޮޅަށް ވަޑައިގެން، ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަދުފުޅުގައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއިން ޖަޒީރާ ރާއްޖޭގެގޮތުގަ މެނިފެސްޓޯއެއް ހިފައިގެން ނިކުތް އެއް ސަބަބަކީ، ސަރުކާރަށް ލިބޭ އާމްދަނީ ހަމަހަމަ ގޮތެއްގަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި އަަސާސީ ހިދުމަތްތައް ނުލިބި ހުރި ރަށްރަށުގެ ރައްޔިތުންނަށް އެކަންކަން ކޮށްދިނުން ކަމަށެވެ.
އެގޮތުން ރަތްމަންދޫއަކީވެސް މި ސަރުކާރުން އިސްކަންދިން ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް، ތަރައްގީގެ ވާހަކަ ދައްކަން ފައްޓަންވާނީ ގައިން ތާހިރުވެ ތިބެގެންނޭ. ފުރަތަމަ މީހާއަށް ސާފު ބޯފެނާ، ނަރުދަމާގެ ހިދުމަތާ، ލަފާފުރުމުގެ ފަސޭހަކަމާ، ސިއްހީ ހިދުމަތާ، ދަރިންނަށް ތައުލީމު ދެވޭނެ ގޮތެއް ނެތި ދެން ކޮން ތަރައްގީއެއްގެ ވާހަކަ ދައްކާކަށްތޯ" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި ސަރުކާރުން ފަށައިގަތީ އެހިސާބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެކުރިން ކުދި އާބާދީތަކަށް ސަރުކާރުތަކުން އެއްވެސް ކަމެއް ކޮށްފަދީފައި ނެތްކަމަށް ވިދާޅުވިއެވެ.
ސިޔާސީ ރޭހަށް ނުކުމެ އުޅޭ ބަކަޔަށް، ރަތްމަންދޫފަދަ 118 މީހުން ދިރިއުޅޭ ރަށެއްގެ ވޯޓު މުހިންމު ނުވެދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މަގްސަދަކީ ހުރިހާ ރައްޔިތުންނަށްވެސް ހިދުމަތް ކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރަތްމަންދޫގައި ފެނާ ނަރުމަމާގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އިންޖީނުގޭގެ މަސައްކަތް ނިމި، ފެނަކަ އޮފީހުގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ކުދިކުދި ރަށް ރަށަށް ދިރުން އަންނީ ދަތުރުފަތުރުގެ ނިޒާމުން މުޅި އަތޮޅާއި މުޅި ރާއްޖެ ގުޅުން ކަމުގައި ވާތީ، އެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
2018 ވަނަ އަހަރު މި ސަރުކާރުން ރަތްމަންދޫގަ ކުރަން ނިންމި ތިން ކަންތަކުގެ ތެރެއިން ފެނާ ނަރުދަމާގެ ނިޒާމގެެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި ކައުންސިލް އޮފީހުގެ އިމާރާތުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާނެ ކަމަށް އަދި ބަނދަރު ހެދުމާ ގިރާ ސަރަހައްދުހިމާޔަތް ކުރުމުގެ ތެރެއިން ފުރަތަމަ ކުރި ކަމަކީ މިހާރު އޮތް ޖެޓީ ރަނގަޅު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް