ދިވެހި ފިލްމް "ނީނާ"ގެ ބަތަލާ ފިލްމު ކުޅުނީ 150،000 އަށް

ދިވެހި ފިލްމު "ނީނާ"ގެ ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އެ ފިލްމު ކުޅިގެން150،000 ލިބިފައިވާ ކަމަށް އޭނާ ބުނެފިއެވެ. ނީނާ އޮލިމްޕަހުގައި އަޅުވާނީ އަންނަ މަހުއެވެ. ފިލްމާ ގުޅޭގޮތުން ޓީވީއެމްގެ ޕްރޮގްރާމ...

17 Jul 2023 | 04:36

ދިވެހި ފިލްމު "ނީނާ"ގެ ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އެ ފިލްމު ކުޅިގެން150،000 ލިބިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ނީނާ އޮލިމްޕަހުގައި އަޅުވާނީ އަންނަ މަހުއެވެ.

ފިލްމާ ގުޅޭގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ނުޒޫ ބުނީ މިދިޔަ ހަތަރު އަހަރު ހުރީ އެ ފިލްމުގެ މަސައްކަތަށް ހުސްވެގެން ކަމަށެވެ. އެހެންކަމުން މިހާތަނަށް150،000 ލިބިފައިވާ ކަމަށް ނުޒޫ ބުންޏެވެ.

މި ފިލްމު ޑައިރެކްޓް ޑައިރެކްޓް ކޮށްފައި ވަނީ ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އެވެ. “ނީނާ” އަކީ ކާމިޔާބު ފިލްމު “ބަވަތި” އުފެއްދި އައި ފިލްމްގެ ދެވަނަ ފިލްމެވެ.

“ނީނާ” އިން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި “ބަވަތި” ގެ ލީޑް ރޯލުން ފެނިގެންދިޔަ ނުޒުހަތު ޝުޢައިބް (ނުޒޫ) އާއި ކުރިއަރަމުން އަންނަ ފިރިހެން ތަރި ޝަރަފް ޢަބްދުﷲ، ޖުމައްޔިލް ނިމާލްގެ އިތުރުން  މަރިޔަމް ރަޝީދާއާއި މަރިޔަމް ޝަކީލާ ހިމެނެއެވެ. އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ މުޅިން އާ ތަރިންތަކެއްވެސް މި ފިލްމުން ދައިރާއަށް ތައާރަފުވާނެ ކަމަށެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓް ކޮށްފައިވަނީ ލ. ގަން، މާންދޫ އަދި ކަައްދޫގައެވެ.

މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު އަގެއް ދީގެން ފިލްމު ކުޅުވީ ފިލްމީތަރި ނިއުމާ މުހައްމަދަށެވެ. އެ ފިލްމުގައި ނިއުމާ ބޯބޭލުމާއި ފިލްމު ޑައިރެކްޓް ކުރުމަށް ޖުމުލަ200،000 ރުފިޔާ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް