ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ގެ ފަރާތުން ބަޔާން މިޔުނިކް އަށް މިހާތަނަށް އެއްވެސް ހުށައެޅުމެއް ލިބިފައިނުވާ ކަމަށާއި އަދި ބަޔާން އިން ކްރިސްޓިއާނޯ ރޮނާލްޑޯގެ އޮފާ ގަބޫލު ނުކޮށް އަނބުރާ ފޮނުވާލިކަމަށް ބުނެ މީޑިއާގައި ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ބަޔާން ގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.
ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސްގެ ހުށައެޅުމެއް ބަޔާން އިން ގަބޫލް ނުކުރިކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. އަދި މީގެ އިތުރުން ބަޔާންގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ބާސެލޯނާއަށް ބަދަލުވުމުން އޭނާ ނެއްތަން ފޫބެއްދުމަށް ރޮނާލްޑޯ އެ ކުލަބަށް ގެނައުމަށް ބަޔާން އިން މަސައްކަތް ކުރަމުން އަންނަކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދު ދެމުން ބަޔާންގެ ކޯޗު ނަގެލްމަން ބުނީ ރޮނާލްޑޯގެ އެޖެންޓުގެ ފަރާތުން އެއްވެސް ހުށައެޅުމެއް ކުލަބަށް ލިބިފައި ނުވާކަމަށާއި އަދި ރޮނާލްޑޯ ބަޔާންއަށް ގެނައުމަށް އެކުލަބުން މަސައްކަތް ކުރަމުން ނުދާކަމަށް ވެސް އޭނާ ބުންޏެވެ. އަދި ރޮނާލްޑޯއާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ވެސް މިހާތަނަށް ދެފަރާތުގެ މެދުގައި ދެކެވިފައި ނުވާ ކަމަށްވެސް ނަގެލްސްމަން ބުންޏެވެ.
” ރޮނާލްޑޯގެ އެޖެންޓުގެ ފަރާތުން މިހާތަނަށް އެއްވެސް ހުށައެޅުމެއް ލިބިފައެއް ނުވޭ. އަދި ދެފަރާތުގެ މެދުގައި އެފަދަ ވާހަކައެއް ވެސް ދެކެވިފައެއް ނެތް. މީޑިއާތަކުގައި ފެތުރެނީ ހަޤީޤަތާއި ޚިލާފު ދޮގު ވާހަތަކެއް. އެ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް. އަދި އަހަރެމެން ރޮނާލްޑޯ ކުލަބަށް ގެނައުމަށް ވެސް މަސައްކަތެއް ނުކުރަން.” ނަގެލްސްމަން ބުންޏެވެ.
ބަޔާން އިން ރޮނާލްޑޯއަށް ޝައުގުވެރިވާ ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތަކަށް ރައްދު ދެމުން ނަގެލްސްމަން ބުނީ ރޮނާލްޑޯއާއި ގުޅޭ ގޮތުން ވަރަށް ގިނަ ވާހަތައް މީޑިއާގައި ފެތުރެމުން އަންނަކަން އެނގޭ ކަމަށާއި އަދި އެކަމުގެ އެއްވެސް ހަޤީޤަތެއް ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް ބަޔާން އަށް ރޮނާލްޑޯ އަންނަ ކުރަމުންގެންދާ މަސައްކަތާއި ގުޅިގެން ދެކެވެނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަން އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަގެލްސްމަން އިތުރަށް ބުނީ ރޮނާލްޑޯ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް ވަރަށް އިޙްތިރާމް ކުރާކަމަށެވެ. އަދި ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ކުލަބުގައި ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ހިންހަމަ ޖެހުމެއްކަމަށް ވެސް ނަގެލްސްމަން ބުންޏެވެ.
ރޮނާލްޑޯ ބަޔާން އަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން ބަޔާން ގެ ސީއީއޯ އޮލިވަ ޚާންވެސް ވަނީ މީޑިއާގައި ދެކެވޭ ވާހަކަތައް މީގެ ކުރިން ދޮދު ކޮށްފައެވެ. އަދި ބަޔާން އިން ރޮނާލްޑޯ ގެނައުމަށް މަސައްކަތް ނުކުރާ ކަމަށާއި އަދި ރޮނާލްޑޯ ވެސް ބަޔާންއަށް އައުމަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް