ލިސަންޑްރޯ މާޓިނޭސް ޔުނައިޓެޑަށް

އަޔަކްސް އަށް ކުޅެމުން އައި އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭސް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވުމަށް އެއްބަސްވެއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. ލިސަންޑްރޯ މާޓިނޭޒް ޔުނައިޓެޑަށް ބަދަލުވު...

17 Jul 2022 | 15:50

އަޔަކްސް އަށް ކުޅެމުން އައި އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭސް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވުމަށް އެއްބަސްވެއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ލިސަންޑްރޯ މާޓިނޭޒް ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވެފައިވާއިރު، މި ކުޅުންތެރިޔާއަކީ ޔުނައިޓެޑުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިއާއެވެ.

އުމުރުންް 24 އަހަރުގެ މާޓިނޭސް ޔުނައިޓެޑަށް ދޫކޮށްލުމަށް އަޔެކްސް އިން އެއްބަސްވެފައިވަނީ 49.5 މިލިއަން ޕައުންޑުގެ ފީއަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މާޓިނޭސްގެ ޓްރާންސްފާ ކަންތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމޭނެ ކަމަށާއި އަދި އޭނާގެ މެޑިކަލް ކަންތައް ވެސް މި ހަފްތާގެ ތޭގައި ނިމޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މީގެ އިތުރުން މާޓިނޭސް ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފު ކުރުންވެސް ވަރަށް އަވަހަށް އޮންނާނެ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ލިސަންޑްރޯ މާޓިނޭސް އަކީ މިފަހަރުގެ ޓްރާންސްފާ ގައި ޔުނައިޓެޑާއި ގުޅުނު ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޔުނައިޓެޑުން ވަނީ ފެޔަނޫޑަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު ޓައިރަލް މަލާސިއާ އާއި ޑެންމާކްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސޮއި ހޯދާފައެވެ.

މީގެ އިތުރުންވެސް ޔުނައިޓެޑުން ދަނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް