ކަމަޅިމަތީ ފައިބަރު ދޯންޏެއް އަނދާ އަޅިއަށް

ގދ. ގައްދޫގައި ބަނދެ ނިމި ބާލަން ތައްޔާރުވެފައިހުރި ފައިބަރު ދޯންޏެއްގައި އަލިފާން ރޯވެ އަނދާ އަޅިއަށް ވެއްޖެއެވެ. އެ އަތޮޅުގައި ހިންގަމުން އަންނަ ހުވަދޫ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ރަށު އުތު...

17 Jul 2022 | 13:14

ގދ. ގައްދޫގައި ބަނދެ ނިމި ބާލަން ތައްޔާރުވެފައިހުރި ފައިބަރު ދޯންޏެއްގައި އަލިފާން ރޯވެ އަނދާ އަޅިއަށް ވެއްޖެއެވެ.

އެ އަތޮޅުގައި ހިންގަމުން އަންނަ ހުވަދޫ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ރަށު އުތުރު ފަރާތުގައި ދޯނި ބަންނަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ބަންނަމުންދިޔަ ދޯންޏެއް މިވަނީ އަނދައި އަޅިއަށްވެފައެވެ.

"އެ ދޯނީގަި އަލިފާން ރޯވިއިރު ދޯނީގައި ބިދޭސީ މީހެއް ހުރި ނަމަވެސް އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތުދިން" ހުވަދޫ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިފަދަ ހާދިސާއެއް ރިޕޯޓްކޮށްފައިުވާކަމަށެވެ.

ހުވަދޫ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ދޯންޏަކީ ބަނދެ ނިމިފައި ހުރި، 85 ފޫޓުގެ ފައިބަރު ދޯންޏެކެވެ. މި ހާދިސާގައި އެ ދޯނީގެ ގާތްގަނޑަކަށް 95 އިންސައްތަ އަނދާފައިވާކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް