ފަޅުރަށަކަށް ދަތުރުދިޔަ ބަޔަކު، މޫސުން ގޯސްވެ ހާލުގައި ޖެހިއްޖެ

ގދ. އަތޮޅުން ފަޅު ރަށަކަށް ދަތުރުދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހި ކޯސްޓްގާޑުގެ އެހީތެރިކަން ހޯދައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ގދ.ކޮޑަގަލާއަށް ދަތުރުގޮސް ...

17 Jul 2022 | 13:01

ގދ. އަތޮޅުން ފަޅު ރަށަކަށް ދަތުރުދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހި ކޯސްޓްގާޑުގެ އެހީތެރިކަން ހޯދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ގދ.ކޮޑަގަލާއަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ކަަމަށެވެ.

"ގދ.ކޮޑަގަލާއަށް ދަތުރުދިޔަ އަށް ކުޑަކުދިންނާއި، ފަސް އަންހެނުންނާއި، ހަތަރު ފިރިހެނުން އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު، ވަނީ ގދ.ގައްދޫއަށް ގެންގޮސްދީފި. އެންމެންގެ ހާލު ވެސް ރަނގަޅު." އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދަތުރުދިޔަ ބަޔަކު ހާލުގައި ޖެހި ކޯސްޓްގާޑުގެ އެހީތެރިކަން ހޯދާފައިވާއިރު މިއަދު ރާއްޖޭގެ މޫސުން މިވަނީ ވަރަށް ގޯސްވެފައެވެ. މިހާރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު އަދި ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ވަނީ ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް