ލަލިތު މީޑިއާދެކެ ރުޅިއަތުވެއްޖެ: އަހަރެމެންވެސް ދިރިއުޅުނަދީ !

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑް ބަތޮލާ ސުޝްމިތާ ސެންގެ އާ ލޯބިވެރިޔާ ލަލިތު ކޭ މޯދީ އިންޑިއާ މީޑިއާދެކެ ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެއެވެ. އޭނާ މިކަން ހާމަކުރީ އޭނާއާއި ސުޝްމިތާ ލޯބީގެ ގޮތުން ގުޅުނ...

17 Jul 2022 | 11:07

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑް ބަތޮލާ ސުޝްމިތާ ސެންގެ އާ ލޯބިވެރިޔާ ލަލިތު ކޭ މޯދީ އިންޑިއާ މީޑިއާދެކެ ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެއެވެ.

އޭނާ މިކަން ހާމަކުރީ އޭނާއާއި ސުޝްމިތާ ލޯބީގެ ގޮތުން ގުޅުނު ހަބަރާއެކު މީޑިއާތަކުން ގެންނަ ހަބަރުތަކާއި ރިޕޯޓްތައް ދެކެ ރުޅިގަދަވެން ސޯޝަލް މީޑިއާއަށް ދޫކޮށްލި ދިގު މެސެޖެއްގައެވެ.

އެ މެސެޖުގައި ލަލިތު ބުނެފައިވަނީ ދެމީހަކު އެކުގައި އުޅެ، ކެމިސްޓްރީ ދިމާވެ ދެމީހެއްގެ ދޭތެރޭގައި ޖަޒުބާތެއް އުފެދިދާނެ ކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަަމަށެވެ. އަދި ސުޝްމިތާވެސް ލަލިތުވެސް ކަޑައްތުކުރަމުން އެދަނީ މެދު އުމުރު ކަަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެވާހަކަ މާ ބޮޑުކޮށްގެން އުނި އިތުރު ގެނެސްގެން ދެއްކުން ހުއްޓާލަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި ނޫސްވެރިންވެސް ދިރިއުޅެ، އެހެންމީހުންވެސް ދިރިއުޅުނަދޭންވީކަމަށް ލަލިތު ބުުނެފައިވެއެވެ.

ލަލިތު އާއި ޝުޝްގެ ލޯބީގެ ވާހަކައާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ ވާހަކަ ވަރަށް ގަދަޔައަށް އަންނަނީ ދެކެވެމުންނެވެ. އެއް ބަޔަކު އެ ދެ ލޯބިވެރިން ނުގުޅޭ ވާހަކަ ދައްކާއިރު އަނެއް ބަޔަކު ބުނަނީ ލޯތްބަކީ ކަނު އެއްޗެއް ކަމަށެވެ. ދެ މީހުންވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެމީހުންގެ ފަރާތުންވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކައިވެންޏަކާއި ހަމައަށް އަދި ދާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް