ކެމިކަލުން ތަޣައްޔަރުވެފައިވާ މޭބިސްކަދުރު ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކެމިކަލުން ތަޣައްޔަރުވެފައިވާ މޭބިސްކަދުރު ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެ އިދާރާ އިން ބުނީ އިންޑިއާގެ "ޔޫރޯ ފްރުޓްސް" ...

17 Jul 2022 | 10:26

ކެމިކަލުން ތަޣައްޔަރުވެފައިވާ މޭބިސްކަދުރު ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ އިންޑިއާގެ "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ޕޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަޑް އަންގާފައިވާ ކަމަށެވެ. އަދި އޭގައި ޕެސްޓިސައިޑްސް ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ހުރި ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންނެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އުފެއްދުން ހޯލް ސޭލްކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ "ގްލޯބަލް ގްރީން ޓީމް" އިން ކަމަށެވެ.

އެހެންވެ، އެ އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ގެ ލޮޓް ނަންބަރު: L-21.099 0001 05, GGN: 4049929236608, 4056186631107 ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ.

އެހެންނަމަވެސް އެ ލޮޓްގެ މޭބިސްކަދުރު ރާއްޖޭގައި ވިއްކަނީ ކޮން ބައެއް ކަމެއް އަދި ކޮންތާކު ކަމެއް އެންއެފްޑީއޭ އިން ބުނެފައިނުވާތީ މޭބިސްކަދުރު ގަންނަ އިރު އާންމުން މިކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް