އެޗްޑީސީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ކުޑަގިރީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ބާރަށް ކުރިއަށް

ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސ)ގެ ޕްލޭނިންގ ޑިޕާޓްމަންޓުން ރަށުގެ މާސްޓަރ ޕްލޭން ވަނީ އެކުލަވާލާފައެވެ. އެޗްޑީސީން މައުލޫމާތުދެއްވ...

17 Jul 2022 | 10:25

ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސ)ގެ ޕްލޭނިންގ ޑިޕާޓްމަންޓުން ރަށުގެ މާސްޓަރ ޕްލޭން ވަނީ އެކުލަވާލާފައެވެ.

އެޗްޑީސީން މައުލޫމާތުދެއްވާގޮތުގައި މި ޕްލޭންގެ ދަށުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން ހަޓުތަކާއި، ފާޚަނާބަރި ފަދަ ތަންތަން ވަނީ މި ޕްލޭންގެ ދަށުން އެކުލަވާލައިފައެވެ. އަދި މީގެއިތުރުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް ޕްލޭންކުރެވިފައިވެއެވެ.

މީގެއިތުރުން، މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ ޕްލޭން އެކުލަވާލައި އެސްއޯއީ ތަކާއި ގުޅިގެން މި މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފައެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެގޮތާއި މިފަދަ ޕްލޭންތަކަކަށްވެސް އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން ދަނީ ކުރެވެމުންނެވެ. އަދި ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުންފަދަ ކަންތައްތައް ވަނީ ކުރެވިފައެވެ.

https://twitter.com/hdcmaldives/status/1547617409892515840

މީގެ އިތުރުން އެމް.އެން.ޑީ.އެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް ވަނީ ޑިޒައިން ކޮށްފައި ކަމަށާއި އަދި އެ ކުންފުނީގެ ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމުން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ޤާއިމްކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް