މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާއިބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5 ޖެހުމާއި ހަމައަށެވެ. ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން މީގެ ކުރިން ވެސް ވަނީ ހއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުދު ސަމާލު ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް