އެސްޓީއޯއިން ވިޔަފާރި ކުރާނަމަ، ތިމާވެއްޓާ ރަަށްޓެހި ކޮތަޅެއް ހިފައިގެންދާން ހަނދާންކުރާތި!

އެސްޓީއޯއިން ވިޔަފާރި ކުރާ ތަކެތި އަޅާ ކޮތަޅަށް އަގު ނަގަން މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން އެސްޓީއޯއިން ކޮތަޅުން އަގު ނަގަން ފަށައިފިއެވެ. އެސްޓީއޯ އިން ބުނެފައިވަނީ ޕްލާސްޓިކް ކޮތަޅަކަށް 2.50...

17 Jul 2022 | 06:37

އެސްޓީއޯއިން ވިޔަފާރި ކުރާ ތަކެތި އަޅާ ކޮތަޅަށް އަގު ނަގަން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އެސްޓީއޯއިން ކޮތަޅުން އަގު ނަގަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނެފައިވަނީ ޕްލާސްޓިކް ކޮތަޅަކަށް 2.50 ރުފިޔާ އަދި ކަރުދާސް ކޮތަޅަކަށް 2 ރުފިޔާ ނަގާނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް ކަމަށާއި ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ކޮންމެ ކަސްޓަމަރެއް ވެސް ގެންދިއުމަށް މީގެކުރިން ވެސް ވަނީ އެސްޓީއޯ އިން އިލްތިމާސް ކޮށްފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނު އިޞްލާހުކުރުމަށް ވެސް ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ ހާލަތަށް ރިޔާއަތްކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ވެސް ސަރުކާރުން ނިންމާ އެކަން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް