ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ސާލިހު، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އަންނަމަހު އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގ...

17 Jul 2022 | 04:32

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އަންނަމަހު އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެ ގައުމުގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާތެރޭގައި ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރައްވައެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ރައީސް ސޯލިހު އެންމެފަހުން ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި 2019 ވަނަ އަހަރު ރައީސް އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަކީ އިންޑިއާ ޕްރިމިއާ ލީގް (އައި.ޕީ.އެލް) ގެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް