މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ އެންމެ ދެކުނުގެ ދެ ސިޓީ ކަމުގައިވާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ފިޔަވައި މުޅި ރާއްޖެއަށެވެެ. ހއ. އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ހުރިހާ ރަށެއް ހިމެނޭގޮތަށެވެ.
މި ސަމާލު ނެރެފައިވަނީ ހެނދުނުގެ 07:00 އިން ފެށިގެން މެންދުރު 12:00 އާއި ދެމެދުގެ ވަގުތަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް