މާލޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އޭގައި އިން ކުއްޖަކާއި މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ މައްސަލައިގެ ރިޕޯޓު ކުރީ މިރޭ 6:38 ގައި ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އެމީހުން ކާރު ހުއްޓުވި އިރު ދުއްވަމުން ދިޔައީ މާވެޔޮ މަގާއި މަޖީދީ މަގު ގުޅުނު ހިސާބުންނެވެ. ފުލުހުން ބުނީ އެމީހުން ވަނީ އެ ކުއްޖާއަށް އާނިޔާކޮށް މާރާމާރީ ހިންގާފައި ކަމަށެވެ.
އަދި މާރާމާރީގައި އެ ކުއްޖާގެ ބޯ ފަޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާއަށް މިހާޜު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މި މައްސަލައިގަ އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް