ގްރޭޓާމާލެ ގްރިޑް އެނާޖައިޒްކުރުމުގެ މަސައްކަތް ފަށައިފި، ފުރަތަމަ ދުވަސް ކާމިޔާބު

ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ސާކިޓް އެނާޖައިޒް ކޮށްފިއެވެ. ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނީ މިއަދާއި މާދަމާގެ އިތުރުން މިމަހުގ...

17 Jul 2021 | 17:22

ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ސާކިޓް އެނާޖައިޒް ކޮށްފިއެވެ.

ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނީ މިއަދާއި މާދަމާގެ އިތުރުން މިމަހުގެ 21 އަދި 22 ވަނަ ދުވަހު އެވެ. ސްޓެލްކޯ އިން ބުނީ މާތްﷲ ގެ އިރާދަފުޅާއެކު، އެއްވެސް ޓެކްނިކަލް މައްސަލައެއްދިމާނުވާ ކަމަށެވެ.

މާދަމާ އޮންނާނީ ހުޅުމާލެ އިންޖީނުގެއާއި، މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުން ކަމަށްވެސް ބުންޏެވެ.

ގްރޭޓާ މާލޭ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ ޒުވާން ޓެކްނީޝަނުންނާއި އިންޖީނިއަރުން ބައިވެރިވި ކަމަށް ސްޓެލްކޯއިން ބުންޏެވެ. މިފަދަ މަލްޓިމިލިއަން ޑޮލަރުގެ މަޝްރޫއުތަކުގައި އިސްކޮށްތިބެ އެ ކުންފުނީގެ ޒުވާން ޓީމުން ކުރަމުންދަނީ އެންމެން ފަޚުރުވެރިވާ ފަދަ ބުރަ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

https://twitter.com/STELCOMALDIVES/status/1416418796810620934

ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ ބުދަ ދުވަހުއެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އާ ދެމެދު މަސައްކަތް ކުރިއަށްދާ އިރު، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލެވޭ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ.

މި ކަރަންޓުވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް