ވަކި މައްސަލައެއް ތަހުގީގު ކުރުމަށް އަދި ނުކުރުމަށް ފުލުހުންގެ މައްޗަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތްކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުުހުން މިހެން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުންނެވެ.
ފުލުހުންނާއި ނޫސްވެރިން ހިމެނޭ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކޮށްފައިވަނީ ޖިންސު ބަދަލުކުރުމަަށް ހިތްވަރުދޭ މިފަދަ މީހުން ހޮދާ ސުވާލުކޮށް ތަހުގީގުކުރަމުންދޭތޯއާއި ހަރުކަށި މީހުންނޭ ބުނާ މައްސަލަތައް ބަލާއިރު ދިމާ އިދިކޮޅު މައްސަލަތައް ހަމަަހަމަކޮށް ބަލާތޯ؟ އެވެ.
ޖަވާބުގައި ފުލުހުންގެ ތަރުޖަމާނު ބުނެފައިވަނީ އިސްލާމްދީނަށް ތައުހީދުކޮށް އިސްލާމް ދީނާ ޚިލާފު ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަަތައްވެސް، އެހެނިހެން މައްސަލަތަކެކޭ އެއްފަދައިން ތަހުގީގުކޮށް އޮންނަ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަންނަނީ އަޅަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް