މިއަދު ކޯވިޑް ޖެހުނީ 80 މީހުންނަށް

ރާއްޖެއިން އިތުރު80 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ56 މީހުންކަމަށެވެ. އަދި މާލެއިން16 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެ...

17 Jul 2021 | 17:06

ރާއްޖެއިން އިތުރު80 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ56 މީހުންކަމަށެވެ. އަދި މާލެއިން16 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ އަށް މީހުން ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 6،928 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،516 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 23 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،072 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 216 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 75،816 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް