ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރުގެ ތިން ރަށަށަކަށް ފައްޓަވައިގެން އުޅުއްވާ ދަތުރުފުޅުގައި ހދ ކުމުންދޫއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު މިދަތުރުފުޅުގައި އިއްޔެ އެންމެ ފުރަތަމަ ވަޑައިގެންނެވީ ހދ. ކުޅުދުއްފުށީ ސިޓީ އަށެވެ. އެ ސިޓީގެ ހުރިހާ އިދާރާތަކަށް ޒިޔާރަތް ކުރައްވާ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެ އެވެ.
މިއަދު ކުމުންދޫއަށް ވަޑައިގެން އެ ރަށުގެ ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް ވަޑައިގެންނެވި އެވެ. އަދި އެ ރަށުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު އޮޅުއްވިލުވި އެވެ.
އެމަނިކުފާނު ފުރަތަމަ ބައްދަލު ކުރެއްވީ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެވެ. އަދި ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް އޮޅުންފިލުއްވި އެވެ.
https://twitter.com/presidencymv/status/1416335499501838339
https://twitter.com/presidencymv/status/1416365482995699718
https://twitter.com/presidencymv/status/1416370110554537986
ދެން ވަޑައިގެންނަވީ ކުމުންދޫ ސްކޫލަށެވެ. އޭގެ ފަހުގައި އެ ރަށުގެ ނަރުދަމާ ނިޒާމާއި ގުޅޭ މައުލޫމާތު އެ މަސައްކަތް ކުރި އެމްޑަބްލިއުއެސްސީގެ ވެރިންގެ ފަރާތުން ހޯއްދެވި އެވެ.
ރައިސް ސޯލިހު ކުމުންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ސިއްހީ މަރުކަޒަށްވެސް ވަޑައިގެންފަ އެވެ.
މިދަތުރުފުޅުގައި ރައީސް ދެން ވަޑައިގެންނަވާނީ ހަނިމާދޫ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް