ފްލައި ދުބާއީ އިން ރާއްޖެއަށް ކުރާ ދަތުރުތައް, ޑިމާންޑު ބޮޑުވުމުގެ ސަބަބުން އިތުރުކޮށްފިއެވެ.
ފްލައި ދުބާއީ އިން މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހަފްތާއަކު 12 ދަތުރެވެ. ފްލައި ދުބާއީ މެދުވެރިކޮށް ރާއްޖެ އަންނަ މީހުން ގިނަވަމުން އަންނާތީ އެ އެއާލައިނުން ވަނީ މި އަދަދު ހަފްތާއަކު 21 ދަތުރަށް ބަދަލުކުރަން ނިންމައިފައެވެ.
ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރަނީ ބޮއިންގް 800 - 737 މަރުކައިގެ، 184 ގޮނޑީގެ މަތިންދާ ބޯޓެވެ. އެ އެއާލައިނުން މިހާރު ދަނީ އިކޮނޮމިކް ކާލްސް އާއި ބިޒްނަސް ކްލާސްގެ ޓިކެޓްތައް ވިއްކަމުންނެވެ.
ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގެ ދަތުރަކަށް ހޭދަވާނީ ހަތަރު ގަޑިއިރެވެ.
ފްލައި ދުބާއީން ރާއްޖެއަށް ފުރަތަމަ ދަތުރު ފެށީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ފަހުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައި އޮތުމަށްފަހު، 2018 ވަނަ އަހަރު ދަތުރުތައް އަލުން ފެށިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް