ދިއްދޫގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް، ސީއީއޯ އާޒިމް ބައްލަވާލައްވައިފި

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެ ރަށު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ. އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތ...

17 Jul 2021 | 08:52

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެ ރަށު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.

އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫގައި އެމްޓީސީސީން ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

އެ މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާ، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުން ހިމެނެއެވެ. އަދި ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ. މި މަސައްކަތުގެ 59 އިންސައްތަ ނިމިފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 89.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ 20 ޕަސަންޓު މަސައްކަތް މިހާރު ނިމިފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް