ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހދ. ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް ޒިޔާރަތް ޒިޔާރަތްކުރައްވަފިއެވެ.
ރައީސް އުތުރުގެ 3 ރަށަކަށް ކުރައްވަމުން އަންނަ ޒިޔާރަތުގެ ތެރެއިން މިހާރު ކުޅުދުއްފުށި ސިޓީގައި ހުންނެވިއިރު، އެމަނިކުފާނު އަންނަަނީ އެސިޓީގެ އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
އެގޮތުން މިއަދު ރައީސް ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ރައީސް ސޯލިހާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
https://twitter.com/presidencymv/status/1416263034377412609
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް