މަލީހު ވިދާޅުވާ ހައްލަކީ އަވަސް އިންތިޚާބެއް ބޭއްވުން!

ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލިފައިވާކަމަށާއި، ހައްލަކީ އަވަސް އިންތިހާބެއްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. މަލީހް ކުރެއްވި ޓްވީޓެއްގ...

17 Jul 2021 | 08:27

ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލިފައިވާކަމަށާއި، ހައްލަކީ އަވަސް އިންތިހާބެއްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވަނީ މިސަރުކާރާ ދެކޮޅުކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީން ރައީސް ސޯލިހްގެ ސަރުކާރާއި ދެކޮޅުވުމުން ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލިފައިވާކަމަށް މަލީހް ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ. ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލުނީ." މަލީހްގެ ވިދާޅުވިއެވެ.

https://twitter.com/maleehjamal/status/1416279736955793408

މަލީހް ވިދާޅުވީ މިހާރު އޮތް ހާލަތަށް އޮތް ހައްލަކީ އަވަސް އިންތިހާބެއްކަމަށެވެ.

ނަފްރަތު ހުއްޓުވުމުގެ ބިލާއި މެދު ސަރުކާރުން އަމަލުކުރި ގޮތުން ރައީސް ނަޝިދު އަންނަނީ ރައީސް ޞާލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައީސް ޞާލިހްގެ ނިންމުންތަކަށް އަދާލަތު ޕާޓީން ނުފޫޒުފޯރުވާކަމަށާއި، އަދި އެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ދެއްވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައިސް ޞާލިހާއެކު މަސައްކަތް ކުރެވެން ނެތްކަމަށާއި، އަދި މިއުޒިކް ހުއްދަކޮށް އިންޑިއާ އައުޓް ނުގޮވާ ނަފްރަތުގެ ބިލަށް ތާއީދުކޮށް މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައިވެއެވެ. އަދި މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް އެމްޑީޕީގެ ކޯލިޝަނެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް