ބޫޝަން ކުމާރުގެ މައްޗަށް ރޭޕުގެ ދައުވާއެއް ކޮށްފި

ބޮލީވުޑްގެ ޕްރޮޑިއުސަރ އަދި ޓީ ސީރީޒްގެ އެމްޑީ ބޫޝަން ކުމާރުގެ މައްޗަށް "ރޭޕް"ގެ ދައުވާ ކޮށްފިއެވެ. މީޑިއާ ރިޕޯޓްތަކުން މައުލޫމާތުދޭ ގޮތުގައި، ބޫޝަންގެ މައްޗަށް މިފަދަ ދައުވާއެއް އުފުލާފައިވަނީ 30 އަހ...

17 Jul 2021 | 08:07

ބޮލީވުޑްގެ ޕްރޮޑިއުސަރ އަދި ޓީ ސީރީޒްގެ އެމްޑީ ބޫޝަން ކުމާރުގެ މައްޗަށް "ރޭޕް"ގެ ދައުވާ ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން މައުލޫމާތުދޭ ގޮތުގައި، ބޫޝަންގެ މައްޗަށް މިފަދަ ދައުވާއެއް އުފުލާފައިވަނީ 30 އަހަރުގެ އަންހެނެކެވެ. މީނާ ރޭޕްކޮށްފައިވަނީ، ބޫޝަންގެ ކުންފުނީގައި މަސައްކަތްކުރުމަށް ފުރުސަތު ދޭނެ ކަމަށް ބުނެއެވެ.

ނަމަވެސް އަދި މިހާތަނަށް ބޫޝަން ހައްޔަރުކޮށްފައެއް ނުވެއެވެ. މިފަދަ ދައުވާއެއް އުފުލާފައިވާ ކަމަށް ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

މައްސަލަ ހުށަހެޅި އަންހެނާ ވަނީ، އޭނާއަށް ބޫޝަންގެ ޕްރޮޑަކްޝަން ކުންފުނިން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ކަމަށްބުނެ ގެންގޮސް މި ނޭއްގާނީ އަމަލު ހިންގާފަ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައެވެ.

އެ އަންހެން މީހާ ބުނީ، ބޫޝަން އޭނާއަށް އޮޅުވާލައިފައި ކަމަށްބުނެފައެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހެޅީ މި ސަބަބާ ހުރެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ބޫޝަން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ބޫޝަން ބުނީ އެއީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ވަނީ މި ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް