އެސްޓީއޯ އިން ޑެވޮންޑޭލް ކިރުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަނުގައި 1000ރ. ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި، އެސްޓީއޯ ސުޕަމާޓާއި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުން ވިޔަފާރިކުރާ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ހާއްސަ ގިފްޓް ހެމްޕަރެއް ދޭނެ އެެވެ.
އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަނާއެކު، ޑެވޮންޑޭލް ފުލްކްރީމްގެ އެއް ލީޓަރު ޕެކެޓް ވިއްކަމުން އައި އަގު ވެސް ހެޔޮކޮށްފަ އެވެ. ފުލްކްރީމް އެއް ލީޓަރުގެ ޕެކެޓެއް 23ރ. އަށް ވިއްކާއިރު ދެ ޕެކެޓް 40ރ. އަށް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް