ދާދި ފަހުން ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ ލަންޑަނުގައި ނަގާފައިވާ ނަފްސީއެއް އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓް ކޮށްފައެވެ. އިންސްޓާ ސްޓޯރީއަށް އޭނާ ފޮޓޯތައް ލާފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.
ފޮޓޯއިން ފެންނަނީ ޕްރިޔަންކާ ފްލޮރިސަންޓް ފެހި-ރީނދޫ ކުލައިގެ ޓީޝާޓެއްގައި އެއާއި ގުޅޭ އައިނެއް އަޅާ އިސްތަށިގަނޑު ދޫކޮށްލައިގެން ހުއްޓައެވެ. އިންސްޓަގްރާމް ކެޕްޝަންގައި ޕްރިޔަންކާ ޖަހާފައިވަނީ އޭނާ ލުނބޯހުތު ފަނި ގިރަނީ ކަމަށެވެ. އަދި އެއާއި އެކު ލުނބޯ އަކާއި ހިތް އިމޯޖީއެއް ވަނީ ކެޕްޝަންގައި ހިމަނާލައިފައެވެ.
ޕްރިޔަންކާ އަކީ އަބަދުވެސް އޭނާގެ އާންމު ދިރިއުޅުން ސޯޝަލް މީޑިއާގައި ހުރިހާ ސަޕޯޓަރުންނާ ހިއްސާކުރާ ފަންނާނެކެވެ. އަދި އެމެރިކާ އާއި އިނގިރޭސި ވިލާތާ ދެމެދު ކުރާ ދަތުރުތަކުގައި ކުރާ ކޮންމެ ކަމެއް އެންމެންނަށް އަންގައެވެ. ޕްރިޔަންކާ އަކީ އަބަދުވެސް ފެޝަން އައިކަން އެއް ގޮތުގައި ބަލައިގަންނަ ތަރިއެކެވެ. އޭނާ ހެދުން އަޅާ ގޮތަކީ ތަފާތު އަދި އެހާމެ އަޅައިގަންނަ ސްޓައިލެކެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ޕްރިޔަންކާ ނަމޫނާ އަކަށް ބަލާ އެތައް ފޭނުންނެއް ތިބެއެވެ. ޕްރިޔަންކާ އަކީ ހޮލީވުޑްގެ ތަރި ނިކް ޖޯނަސްގެ އަންހެނުންނެވެ. އެ ދެމީހުން ކައިވެނިކޮށްގެން މިހާ ދުވަސް ވީއިރުވެސް އުޅެނީ ވަރަށް ލޯބިންނެވެ. "ނިކްޔަންކާ" އަކީ ކަޕުލް ގޯލްސް ގޮތުގައި މީހުން ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް