އެމްޑީޕީގެ ސަރުކާރު ހިންގާ ގޮތުން އެމްޑީޕީއަށް ގެއްލުން ލިބޭ: ހަސަން ލަތީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ ސަރުކާރު ހިންގަމުންދާ ގޮތުން އެމްޑީޕީއަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސ...

17 Jul 2021 | 06:38

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ ސަރުކާރު ހިންގަމުންދާ ގޮތުން އެމްޑީޕީއަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްދީޕީގެ ސަރުކާރާ ދެކޮޅަށް ފާޅުގައި އެ ޕާޓީގެ މަޖިލިސް މެމްބަރަކު ވާހަކަދައްކާފައި މި ވަނީ "ސަރުކާރު ކޯލިޝަންގައި އެމްޑީޕީގައި އޮތުމުގެ ބޭނުމެއް ނެތް" ނަމުގައި ކްލަބް ހައުސްގައި ހިނގަމުން ދިޔަ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެންނެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި އެމްޑީޕީގެ ލީޑާޝިޕަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތައް މިހާރު ފާހަގަވާ އިރު ވެސް އެއިން މީހަކަށް ފިޔަވަޅު އެޅޭ ތަނެއް ނުފެންނަ ކަމަށެވެ.

މި ސަރުކާރު ހިންގި ވެންޓިލޭޓަރުތަކުގެ ޚިޔާނާތުގެ މައްސަލާގައި ވެސް ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ހިންގަމުންދާ ގޮތުން އެމްޑީޕީގެ އާންމު މެންބަރުންނާއި ސަޕޯޓަރުންގެ ޝަކުވާތައް ގިނަވެ އެމްޑީޕީ އާއި ރާއްޖެއަށް ވެސް ލިބެމުންދާ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.

މި ސަރުކާރު މި ގޮތަށް ހިންގަމުންދާ ނަމަ އަޅުގަނޑުމެން ޖަވާބުދާރީ ވާން ޖެހޭ ފަރާތްތައް ވަރަށް ގިނަ، އަޅުގަނޑުމެންނަށް ވާ ގެއްލުމާއި ގައުމަށްވާ ގެއްލުން ވަރަށް ގިނަ." ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އަދުގެ ސަރުކާރު ހިންގާ މައި ޕާޓީއަކީ އެމްޑީޕީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް